މުހައްމަދު ޝުޖާއު

ފިނިވާގެ، ހއ. އުތީމު
ހއ. އުތީމު ރަށު ކައުންސިލް ރައީސްކަމަށް

މުހައްމަދު ޝުޖާއު އުފަންވީ މެއި 29، 1972 ގައެވެ. ޝުޖާއު ވަނީ ހޮޓެލް މެނޭޖްމަންޓްއާއި ފްރޮންޓް އޮފީސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކޮށްފައިވެއެވެ. އަދި ޖަޕާން ބަހުގެ އާންމު ތައުލީމު ވެސް ހާސިލްކޮށްފައިވެއެވެ. ހޮސްޕިޓާލިޓީއާއި ޓޫރިޒަމް ދާއިރާގެ 26 އަހަރު ދުވަހުގެ ތަޖުރިބާ އެބަ ހުއްޓެވެ. މި ގޮތުން ފްރޮންޓް އޮފީހުގައި އެޖެންޓްކަމާއި ސުޕަވައިޒަރުކަމާއި މެނޭޖަރު ކަން ވެސް އޭނާ ކުރިއެވެ. ޓޫރިޒަމް ރިސޯޓްތަކުގެ ޓްރާންސްޕޯޓް ސެކްޝަންގެ މެނޭޖަރުގެ ކަމުގެ އިތުރުން ރިސޯޓް އޮޕަރޭޝަން މެނޭޖަރުގެ މަގާމު ވެސް އޭނާ ފުރާފައިވެއެވެ.

ކައުންސިލަށް ކުރިމަތިލާން ނިންމީ ކީއްވެ؟

އުފަން ރަށަށް ޚިދުމަތް ކުރުމަކީ އަބަދުވެސް ދެކުނު ހުވަފެނެއް. އެއީ އެންމެ ކުޑައިރު ވެސް އަހަރެން ކުރަން ބޭނުންވި ކަންތައް. ކައުންސިލަށް ކުރިމަތިލާން ނިންމީ ޅައިރުގެ ހުވަފެން ހަގީގަތަކަށްވެ އުފަން ރަށަށް ބޭނުންވާ ކަންކަން ކޮށްދިނުމުގަައި މެދުވެރިއަކަށް ވުމަށް.

ވައުދުތަކާއި ސިޔާސަތުތައް

1. ރަށުގެ މުޖުތަމައަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުން

2. އިސްލާމީ ޑިމޮކްރެޓިކް ހަމަތައް މެދުވެރިކޮށް ރަށުގެ އެކުވެރިކަން އާލާކުރުން

3. ރަށަށް ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ތައާރަފްކޮށް އާމްދަނީ އިތުރުކުރުން

4. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުން

5. ސިއްހީ ޚިދުމަތާއި ތައުލީމީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން

6. ރަށުގެ މަގުތައް ތަރައްގީކޮށް ބޭނުން ކުރެވޭ ވަރު ކުރުން

ނިންމާލަމުން ބުނެލާނީ ކީކޭ؟

އަޅުގަނޑު މި ހުރީ އުތީމުގެ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުގައި މަސައްކަތް ކުރުމުގެ އަޒުމުގައި. އަޅުގަނޑަށް މިފުރުސަތު ދިނުމަށް އުތީމު ރައްޔިތުންގެ ކިބައިން އެދެން. އަޅުގަނޑަށް އިތުބާރު ކުރުމަށް އުތީމު ރައްޔިތުންގެ ކިބައިން އެދެން.

Share on facebook
Facebook
Share on twitter
Twitter
Share on telegram
Telegram
Share on whatsapp
WhatsApp
Share on email
Email