އަބްދުﷲ ޚަލީލް އުފަންވީ އޮކްޓޯބަރު 12 ،1979 ގައެވެ. ޚަލީލަކީ މިދިޔަ ތިން އަހަރު ވެސް އިހަވަންދޫ ކައުންސިލްގެ މެންބަރެކެވެ.
ކައުންސިލަށް ކުރިމަތިލާން ނިންމި ސަބަބު؟
ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ނިޔަތުގައި މީގެ ކުރިން ވެސް ކައުންސިލަށް ނުކުތީ. އަނެއްކާ ވެސް މެންބަރު ކަމުގެ ގޮނޑި ދިފާއު ކުރަން ނުކުތީ އެ ނިޔަތުގައި.
ވައުދުތަކާއި ސިޔާސަތުތައް
1. ހުރިހާ ސިޔާސީ ފިކުރެއްގެ ރައްޔިތުންނާ އެކު މަސައްކަތް ކުރެވޭނެ
2. ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން
3. ރަށަށް ތަރައްގީ ގެންނަން އޭރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން މަސައްކަތް ކުރުން
4. ރަށުގެ ހުރި އާންމު އިޖްތިމާއީ މައްސަލަތައް ހައްލު ކުރަން ފިޔަވަޅުތައް އެޅުން
ނިންމާލަމުން ބުނެލާނީ ކީކޭ؟
“ވަގުތު” ނޫހުން މި ދިން ފުރުސަތަކަށް ޓަަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ. އިހަވަންދޫގެ ހުރިހާ ރައްޔިތުން ވެސް އަޅުގަނޑަށް އިތުބާރުކޮށް ކެންޑިޑޭޓް ނަންބަރު 14 އަށް ވޯޓް ދޭން އެދެން.