މުހައްމަދު މުޢިއްޒު

މ. ދިމްޔާތު، މާލެ ސިޓީ
މޭޔަރުކަމަށް

ޑރ.މުޢިއްޒު ސިޔާސީ ދާއިރާއަށް ނުކުންނެވީ އަދާލަތު ޕާޓީއިންނެވެ. ކުރީގެރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރުގައި އެ ޕާޓީގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވިއެވެ. ފަހުން އެމްޑީއޭއާ ގުޅިވަޑައިގަތެވެ. އެމްޑީއޭގެ ސްލޮޓެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވިއެވެ. ޖެހިޖެހިގެން އައި ދެ ސަރުކާރެއްގައި މިނިސްޓަރުގެ މަގާމު ހަތް އަހަރު ވަން ދެން އަދާ ކުރެއްވިއެވެ. ސަރުކާރު ބަދަލުވުމުން ޕީޕީއެމްއާ ގުޅިވަޑައިގެން، ސިޔާސީ މަސައްކަތުގައި ދެމިހުންނެވިއެވެ.

ތައުލީމު

1. ޔޫކޭގެ ޔޫސީއެލްއިން ސްޓްރަކްޗަލް އިންޖިނިއަރިންގެ ރޮނގުން ފުރަތަަމަ ޑިގްރީ ހާސިލްކުރެއްވި

2. ޔޫކޭގެ ޔޫސީއެލްއިން ސިވިލް އިންޖިނިއަރިންގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރެއްވި

3. ޔޫކޭގެ ޔުނިވާސިޓީ އޮފް ލީޑްސްއިން ސިވިލް އިންޖިނިއަރިންގެ ގޮތުން ޕީއެޗްޑީ ހާސިލްކުރެއްވި

ތަޖުރިބާ

1. ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރުގެ މަގާމު އަދާކުރެއްވުން

2. އޭޝިއާ އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކްގެ ރާއްޖޭގެ ގަވަރުނަރުކަން ކުރެއްވުން

3. މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސުޕަ ސީއީއޯކަން ކުރެއްވުން

4. ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އިންޖިނިއަރިން ޑިޕާޓްމަންޓްގެ ޑިރެކްޓަރުކަން ކުރެއްވުން

Facebook
Twitter
Telegram
WhatsApp
Email