އިސްމާޢީލް ރަފީޤް

ދަޑިމަގު އާބާދުގެ، ޏ. ފުވައްމުލައް
މޭޔަރުކަމަށް

އިސްމާޢީލް ރަފީޤަކީ ފުވައްމުލައް ސިޓީގައި އިޖްތިމާއީ ގިނަ ހަރަކާތްތަކާއި ވިޔަފާރީގެ ހަރަކާތްތަކުގެ މުގުލުގައި ހުންނެވި އެކަކެވެ. އިއްސެއަކީ ފުވައްމުލައް ސިޓީގައި ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރައްވާ “ވަން ފުވައްމުލައް” ޖަމިއްޔާގެ ރައީސް އެވެ. ރާއްޖެއަށް އޮންލައިން ވިޔަފާރި ފެށިގެން އައި އައިބޭގެ ބާނީއެވެ.

ވައުދުތަކާއި ސިޔާސަތުތައް ކުރުކޮށް

1. ކެނޮޕީވޯކްސް، އެޑްވެންޗާ ޓޫރިޒަމް ގޮތަށް ޒިޕްލައިން، ބަންޖީ ޖަމްޕިން ފަދަ ހަރަކާތްތައް ނޭޗާ ޕާކްތަކުގައި އިތުރުކުރުން

2. ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރަން ބޭނުންވާ ދިވެހިން އެ ރަށަށް އައިސް ތިބެވޭނެ އިންތިޒާމުތައް އިތުރުކުރުން

3. ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކޮށް ކަމާ ބެހޭ މާހިރުންގެ ލަފާގެ މަތިން އެ ސިނާއަތްތައް ތަރައްގީ ކުރުން

4. ދެމެހެއްޓެނިވި ތަރައްގީގެ ހަމަތަކުގެ މަތިން ފެހިކަން ގަދަ ޖަޒީރާ ސިޓީއެއްގެ ގޮތުގައި ފުވައްމުލައް ތަރައްގީ ކުރުން

5. އައިޓީ ސިނާއަތުގެ މައި ހަބަކަށް ފުވައްމުލައް ސިޓީ ތަރައްގީ ކުރުން

6. މަޝްރޫއުތައް ހަވާލު ކުރުމުގައި ރަށުގެ ކުންފުނިތަކަށް އިސްކަންދީ، ފުވައްމުލައް އިގްތިސާދު ބާރުވެރިކުރުން

Facebook
Twitter
Telegram
WhatsApp
Email