މުހައްމަދު ލަތީފް

ބްލޫވިލާ، ސ. ހިތަދޫ
މޭޔަރުކަމަށް

މުހައްމަދު ލަތީފް (ލަތީބެ) އުފަންވީ ޑިސެމްބަރު 31، 1974 ގައެވެ. ލަތީބެއަކީ ވިޔަފާރީގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އައްޑޫއަށް އުފަން ވަރުގަދަ އެއް ވިޔަފާރިވެރިޔާއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވެސް މަތީ މަގާމުތައް ފުރުއްވިއެވެ. އަދި ކުޅިވަރު ފަދަ އިޖްތިމާއީ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވިއެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމަށް ލަތީބެ ނުކުންނަވަނީ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންނެވެ.

ތައުލީމު

1. ޔޫކޭގެ އެސޯސިއޭޝަން އޮފް އެކައުންޓިން ޓެކްނިޝިއަންސް (އޭއޭޓީ) އިން ޑިޕްލޮމާ އިން އެކައުންޓިން ހާސިލް ކުރައްވާފައިވޭ

2. ޔޫކޭގެ ޔުނިވާސިޓީ އޮފް ބޯލްޓޮން އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވޭ

ވިޔަފާރި ދާއިރާގެ ތަޖުރިބާ

1. އެއާ މޯލްޑިވްސް ލިމިޓެޑްގެ ޗީފް ސްޓެވާޑް (ފެބްރުއަރީ 1998- މެއި 2000)

2. ގެލެކްސީ އެންޓަޕްރައިޒަސް މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު (ޖުލައި 2002- ސެޕްޓެމްބަރު 2004)

3. ސްރީލަންކަން އެއާލައިންސް ގެލެކްސީ އެންޓަޕްރައިޒަސް ޖެނެރަލް މެޖޭނަރު (ޖުލައި 2006 – މެއި 2007)

4. ވިލާ އެއާ ޕްރައިވެޓްގެ ޖަޒީރާ އެއާވޭސް ކުވައިޓްގެ ސްޓޭޝަން މެނޭޖަރު (ޖޫން 2007- ޖެނުއަރީ 2008)

5. ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީގެ ބޯޑު މެންބަރު (މެއި 2012 އިން ފެށިގެން)

ކުޅިވަރު ދާއިރާގެ ތަޖުރިބާ

1. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަން ކުރެއްވި

2. ދިވެހި ގައުމީ ވޮލީބޯޅަ ޓީމަށް ކުޅުއްވި

3. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވޮލީބޯޅަ ޓީމަށް ކުޅުއްވި

4. ދިވެހި ގައުމީ ވޮލީބޯޅަ ޓީމުގެ މެނޭޖަރު ކަން ކުރެއްވި

Facebook
Twitter
Telegram
WhatsApp
Email