އަލީ ނިޒާރު

އެމްޓޭޝަންގެ. ސ. ހިތަދޫ
މޭޔަރުކަމަށް

އަލީ ނިޒާރަކީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާ ތަމްސީލް ކުރެއްވި މެންބަރެވެ. ފެށުނީއްސުރެން އެމްޑީޕީގެ އިސް ހަރަކާތްތަކުގައި އުޅުއްވާ އަލީ ނިޒާރަކީ ލާމަރުކަޒީ ނިޒާމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެކަކެވެ. އެމްޑީޕީގެ ޓިކެޓު ނިޒާރަށް ލިބިވަޑައިގަތީ އެތެރޭގެ ވާދަވެރި ޕްރައިމަރީއެއް ކާމިޔާބު ކުރައްވައެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން އަލީ ނިޒާރު ނިންމެވީ ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ސިޓީ ކައުންސިލް މެދުވެރިކޮށް އައްޑޫ ސިޓީއަށް ގިނަ ހެޔޮ ބަދަލުތައް ގެނެވޭނެ ކަމަށް ގަބޫލު ކުރައްވައެވެ.

Facebook
Twitter
Telegram
WhatsApp
Email